ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަކީ ގައުމީ މަސްލަހަތެއް: ސަލަފް

Loading

Facebook
Twitter
WhatsApp

ޗާގޯސް މައްސަލައިގައި ގައުމާއި ރައްޔިތުންނަށް ޚިޔާނާތްތެރިވެވަޑައިގެންފައިވާތީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަކީ ގައުމީ މަސްލަހަތެއް ކަމަށް ޖަމްޢިއްޔަތުއް ސަލަފުން ބުނެފިއެވެ.

ޗާގޯސްއާއި ރާއްޖެއާ ދެމެދު އިން ކަނޑައަޅަން މޮރިޝަސްއިން އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް) އަށް ހުށަހެޅި މައްސަލައިގައި އިޓްލޮސްއިން މިދިޔަ ހުކުރު ދުވަހު ނިންމީ ދެ ގައުމުން 200 ނޯޓިކަލް މޭލު ނެގުމުން ފުށުއަރާ 92563 އަކަކިލޯމީޓަރުގެ ސަރަހައްދުން ރާއްޖެއަށް 47232 އަކަކިލޯމީޓަރު އަދި މޮރިޝަސްއަށް 45331 އަކަކިލޯމީޓަރު ސަރަހައްދެއް ލިބިގެންވާ ކަމަށެވެ.

ނަމަވެސް އެ ނިންމުމުގެ ސަބަބުން ރާއްޖޭގެ އިގުތިސާދީ ސަރަހައްދުން ބައެއް ގެއްލިފައިވާ ކަމަށް ބުނެ އިދިކޮޅު ސިޔާސީ ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ޗާގޯސް މައްސަލައިގައި ސަރުކާރުގެ ފަރާތުން މަސައްކަތް ކުރެއްވި ވެރިންގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން އިިދިކޮޅު ސިޔާސީ ޕާޓީތަކުން ވަނީ ނިންމައިފައެވެ. އެ ގޮތުން އެކަމާބެހޭ މަޝްވަރާތައް މިހާރު ވަނީ ފަށައިފައެވެ.

އެކަމަށް އިޝާރާތް ކުރައްވައި ސަލަފްގެ ރައީސް ޝައިޚު ޢަބްދުﷲ ބިން މުޙައްމަދު އިބްރާހިމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޗާގޯސް މައްސަލައިގައި ރައީސް ޞާލިޙް ގައުމާއި ރައްޔިތުންނަށް ޚިޔާނާތްތެރިވެވަޑައިގެންފައިވާ ކަމަށާއި ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަކީ ގައުމީ މަސްލަހަތެއް ކަމަށެވެ.

ރާއްޖޭގެ ޖިއޮގްރަފީ އިމާ ގުޅިފައިވާ ސަރަހައްދީ, ސިޔާދަތީ މި މައްސަލައަކީ ސީރިއަސް މައްސަލައެއް ކަމަށާއި މި މައްސަލަ ބެލެންޖެހޭނެ ކަމަށް ވެސް ސަލަފްގެ ރައީސް ވިދާޅުވިއެވެ.

ސަލަފްގެ ރައީސްގެ ޓުވީޓު ނިންމަވައިލެއްވީ ގައުމުގެ އިމަކީ ބޮޑު އަމާނާތެއްކަން ފާހަގަކުރައްވަމުންނެވެ.

Loading

2 Responses

  1. ތިޔައީ ދީނީ ޖަމާއަތެއްތަ ނޫނީ ދީން މީހުނަށް އޮޅުވާލުމަށް ބޭނުންކޮއްގެން ހިންގާ ސިޔާސީ ޕާރޓީއެއް ހެއްޔެވެ؟ ސީދާ މުނާފިގުންގެ ޚަސީލަތް ހުރި މި ބައިގަޑު ޕާރޓީއެއްގެ ގޮތުގާ ރަޖިސްޓްރީ ވާންވީ ނޫންހެއްޔެވެ؟ މީހުން ހަމައެއް ނުވާނެދޯއެވެ؟

    1. ތީހީވާގޮތް. ފަކުރެއްގެ ދިރުމާއި ޑރޕ ފެކޝަނަށްވުރެ މާސަޕޯޓް ބޮޑުވާނެ. ޔަގީން.

Leave a Reply to އަޅީ ބިން ޔޫސުފް Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް