ވަގު ނޫޓު ގެންގުޅުމުގެ ކުށުގައި މީހަކު ހައްޔަރުކޮށްފި

Loading

Facebook
Twitter
WhatsApp

ކައުންޓަރފީޓް ނޫޓު ނުވަތަ ސައްހަ ނޫން ނޫޓު ގެންގުޅުމުގެ ކުށުގައި މީހަކު ހައްޔަރުކޮށްފިއެވެ.

ހައްޔަރުކޮށްފައިވަނީ ތ.ތިމަރަފުށްޓަށް ނިސްބަތްވާ އުމުރުން 38 އަހަރުގެ ފިރިހެނެކެވެ. އޭނާއަކީ މިހާރު ވިލިމާލޭގައި ދިރިއުޅެމުން އަންނަ މީހެކެވެ.

އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ވަނީ ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައެވެ. އެ ގޮތުން މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އޭނާގެ ބަންދަށް ވަނީ ހަތް ދުވަސް ޖަހައިފައެވެ.

އޭނާއަކީ މީގެކުރިން ވެސް ބައެއް މައްސަލަތަކުގައި ހައްޔަރުކޮށްފައިވާ މީހެކެވެ. 

ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 96 ވަނަ މާއްދާގައިވާ ގޮތުން 

ކައުންޓަރފީޓް ކޮއިން ނުވަތަ ނޫޓުކަން އެނގިހުރެ ހީލަތްތެރި ގޮތެއްގައި ބޭނުން ކުރުމަށްޓަކައި ނުވަތަ އެގޮތަށް ބޭނުން ކުރުމަކީ އެކަށީގެންވާ ކަމެއް ކަމުގައި ގަބޫލު ކުރެވޭފަދަ ގޮތެއްގައި, އެ ކޮއިން ނުވަތަ ނޫޓު އަތުގައި ބެހެއްޓުމަކީ ކުށެކެވެ. 

އެފަދަ ކުށެއް ކުރި މީހާގެ އަދަބަކީ ގިނަވެގެން ފަސް އަހަރަށް ޖަލަށްލުން ނުވަތަ ގިނަވެގެން 5 އަހަރަށް އަރުވައިލުން ނުވަތަ ޖޫރިމަނާއެއް ކުރުމެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް